ތެހެރާން (ޖެނުއަރީ 30): އީރާނުން މީގެ ކުރިން ތެޔޮ ނުފެންނަ ސަރަހައްދަކުން ތެޔޮ ރިޒާވެއް ފެނިފައިވާ ކަމަށް އެގައުމުގެ ޕެޓްރޯލިއަމް މިނިސްޓަރު ބިޖާން ޒަންގަނާ ވިދާޅުވެއްޖެ އެވެ.

ޒަންގަނާ ވިދާޅުވި ގޮތުގައި ދައުލަތުގެ ތެޔޮ ކުންފުނި އެންއައިއޯސީއަށް އެތެޔޮ ވަޅު ފެނިފައި ވަނީ އެގައުމުގެ އަބަދާންއިން މީގެ ކުރިން ތެޔޮ ނުފެންނަ ސަރަހައްދަކުންނެވެ. ނަމަވެސް އެތެޔޮ ވަޅުގައި ހުރީ ކިހާވަރެއްގެ ތެލެއް ކަމެއް މިނިސްޓްރީން ހާމަ ނުކުރެ އެވެ.

އިީރާނުން އެއިއުލާން ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެމެރިކާ އިން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ސަބަބުން އީރާނުން ތެޔޮ އެކްސްޕޯޓު ކުރާ މިންވަރު ދަށްވި ފަހުންނެވެ. ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް ފިޔަވަޅު އެޅީ 2015 ވަނަ އަހަރު ދުނިޔޭގެ ބާރުތަކުން ސޮއި ކުރި ނިއުކްލިއާ އެއްބަސްވުމުން ވަކިވުމަށް ފަހުގަ އެވެ.

އީރާނަކީ އޯގަނައިޒޭޝަން އޮފް ދި ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް)ގެ މެމްބަރުންގެ ތެރެއިން ހަތަރުވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމެވެ.