30 Jan 2019, 10:20
ބޮލީވުޑްގެ ކާމިޔާބު ބަތަލު އަނިލް ކަޕޫރާއި އޭނާގެ ދަރިފުޅު، ބަތަލާ ސޯނަމް ކަޕޫރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު "އޭކް ލަޅްކީ ކޯ ދޭކާ ތޮ އޭސާ ލަގާ"ގެ ދެވަނަ ޓްރެއިލާއެއް ދައްކާލައިފިއެވެ.
ފުރަތަމަ ޓްރެއިލާއަށްވުރެ ދެވަނަ ޓްރެއިލާއިން ޝައުގުވެރި ގިނަ ކަންތައްތަކެއް ފެނިގެން ދެއެވެ.
ނުވަ މިލިއަނަށްވުރެ ގިނަ މީހުން ފިލްމުގެ ޓްރެއިލާ ބެލިއިރު ބެލުންތެރިން އަންނަނީ ފިލްމަށް އިންތިޒާރުކުރަމުންނެވެ.
އެ ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ. ކާމިޔާބު ބަތަލާ ޖޫހީ ޗާވްލާ ސޯނަމްގެ މަންމަގެ ރޯލުން މި ފިލްމުގައި ފެނިގެންދާ އިރު ސޯނަމްގެ ބައްޕަގެ ރޯލުން ފެނިގެންދާނީ އޭނާގެ އަސްލު ބައްޕަ އަނިލް އެވެ. ރާޖްކުމާރް ރާއޯ ވެސް ފިލްމުގައި ހަރަކާތްތެރިވާއިރު އޭނާގެ ރޯލަކީ ސޯނަމްގެ ލޯބިވެރިއެއްގެ ރޯލެވެ.
މި ފިލްމަކީ ޖޫހީ ވެސް ގިނަ ދުވަސްތަކަކަށްފަހު ސްކްރީނުން ފެނިގެންދާ ފިލްމެކެވެ.