30 Jan 2019, 09:08
މާލޭގެ ކަރާ މާރުކޭޓު ކައިރިން މޫދުގައި މީހަކު މަރުވެފައި އޮއްވާ މިއަދު ހެނދުނު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މޫދުގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ފެނިފައި ވަނީ މިއަދު ހެނދުނު 6:08ގައި ކަމަށެވެ.
އޮފިޝަލު ވިދާޅުވީ، މަރުވެފައި އޮއްވާ ފެނުނު މީހާ އަކީ އިންޑިއާގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާއެއް ލިބިފައިވާކަން ފެންނަން ނެތް ކަމަށް ވިދާޅުވި އެވެ.
އެ ކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.