އަންނަ މަހުގެ 26 އަދި 27 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބިޒްނަސް ކޮންވެންޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ ބިޒްނަސް ކޮންވެންޝަނަކީ ވިޔަފާރި ކުރުމުގައި ދިމާވާ ދަތިތައް ސަރުކާރާއި ހިއްސާކޮށް، އެކަންކަމަށް ހޯދިދާނެ ހައްލުތައް މަޝްވަރާކުރުމަށް ބާއްވާ ކޮންވެންޝަނެއް ކަމަށެވެ.

ކޮންވެންޝަނުގެ ސެޝަންތައް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 16:00 އަށް ގެންދަން ނިންމާފައިވާއިރު ކި ދާއިރާތަކުން ވިޔަފާރިއާއި ބެހޭ ކަރުދާސް ހުށަހަޅަން ބޭނުންވާ ފަރާތް ތަކަށް އެފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ ބިޒްނަސް ކޮންވެންޝަނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓްރީ ކޮށްދޭ ފަރާތްތަކަށް އަންނަ މަހުގެ 14 ވަނަ ދުވަހުގެ ކުރިން އެކަން އަންގާނެ ކަމަށެވެ.

ކޮންވެންޝަނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ ހަވަނަ ދުވަހުގެ ކުރިން ނަމާއި ދާއިމީ އެޑްރެސް އަތޮޅާއި ރަށް އަދި ވިޔަފާރިކުރާ ފަރާތެއްނަމަ ވިޔަފާރީގެ ނަން އެނގޭނެހެން އެ މިނިސްޓްރީ އަށް އީ މެއިލް ކުރުމަށް އިކޮނޮމިކް މިނިސްޓްރީ އިން އެދެއެވެ.