އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ކެމްޕެއިން މެނޭޖަރަކަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު އަހުމަދު ޝާހިދު (ސާބެ) ހަމަޖައްސަވައިފި އެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް އިއްޔެ އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާ އިރު، އެމްޑީޕީގެ ފަރާތުން 86 ދާއިރާ އަށް ނިކުންނަ ކެންޑިޓޭޓުން މިހާރު ވަނީ ޔަގީން ވެފަ އެވެ.

އެމްޑީޕީ އިން އިއްޔެ ބުނީ، މަޖިލިސް އިންތިހާބުގައި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރަކަށް މއ. ޗަނބޭލީމާގެ އަހްމަދު ޝާހިދު (ސާބެ) ހަމަޖައްސައިފި ކަމަށެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ މައި ކެމްޕެއިން އޮފީސް ހުންނާނީ މއ. މަޒާ، ނިކަގަސް މަގުގައި ކަމަށް ވެސް އިއުލާންކޮށްފަ އެވެ.

މަޖިލިސް އިންތިހާބުގައި ކުރިމަތިލުމަށް ހުޅުވާލައިފައި ވަނީ އިއްޔެ އިން ފެށިގެން އަންނަ މަހު 21 ވަނަ ދުވަހުގެ ނިޔަލަށެވެ.