06 Jun 2010, 09:54
14:30
ބަންގްލަދޭޝްގައި ފޭސްކުބް ބޮލޮކްކޮށްފައި އޮތް އޮތުން ދޫކޮށްލައިފި އެވެ.
ކީރިތި ރަސޫލާ އަށް ނިސްބަތްކޮށް ކުރަހާފައި ހުރި ކާޓޫނުތަކެއް އާންމުކުރުމާ ގުޅިގެން ބަންގްލަދޭޝްގައި ފޭސްބުކް ބްލޮކްކޮށްފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.
ބަންގްލަދޭޝް ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓަރީ ކޮމިޝަން ބީޓީއާރުސީން އެޤައުމުގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ އެމެރިކާގެ ކުންފުންޏަށް ފޭސް ބުކް ބޮލް ކޮށްފައިވާ އޮތް އޮތުން ދޫކޮށްލުމަށް އަންގާފައި މިވަނީ ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ކުރަހާފައިވާ ކާޓޫން ފޮޓޯތައް ނާގާނެ ކަމަށް އެކުންފިނިން ބުނުމާ ގުޅިގެންނެވެ.
ބަންގްލަދޭޝްގައި ފޭސްބުކް ބްލޮކްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައި މިވަނީ ފާއިތުވި ހަފްތާގައި ޕާކިސްތާނުގެ ކޯޓް އަމުރަކަށް އެޤައުމުގައި ފޭސްބުކް ބްލޮކްށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައި ވަނިކޮށެވެ.