28 Jan 2019, 15:33
މަހަށް ފުރިފަހުން ޚަބަރެއް ނުވާތާ ހަފްތާއެއް ވެފައިވާ ދޯންނީގެ ހަބަރެއް ވެއްޖެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
ބާރަ މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ "ޖަންބޯ" ނަމަކަށް ކިޔާ 75 ފޫޓްގެ އެ ދޯނީގެ ޚަބަރެއް ނުވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައި ވަނީ އިއްޔެ ހެނދުނު 10:22ގަ އެވެ.
އެމްއެންޑީއެފް އިން ބުނީ މިއަދު މެންދުރު 2:49ގައި އެ ދޯނީގެ ހަބަރެއްވެއްޖެ ކަމަށާއި ދޯނި އަދިވެސް އުޅެނީ މަސްވެރިކަމުގައި ކަމަށެވެ.
"[ގެއްލުނު] ދޯނި އެންދަމަން ލ. އަތޮޅުތެރޭގައި އުޅޭ ކަމަށް ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް އަށް މައުލޫމަރު ދީފައިވޭ،" އެމްއެންޑީއެފް އިން ބުންޏެވެ.
މަހަށް ފުރި މި ދޯނީގެ ޚަބަރެއް އެންމެފަހުން ވެފައި ވަނީ ލ. އަތޮޅުން އެންދަމައިގެން ކަނޑަށް ނިކުތްފަހުން، މިމަހުގެ 20 ވަނަ ދުވަހުގެ ރޭ 7:00 ހާއިރު ކަމަށް ދޯނީގެ ވެރިފަރާތާ ހަވާލާދީ މީގެ ކުރިން އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.