އިންސައިޓް ކޮންސަލްޓެންސީ ސާވިސް (އައިސީއެސް)އިން ޕްލާސްޓިކާ ދެކޮޅަށް ބާއްވާ "ޒީރޯ ޕްލާސްޓިކް ރަން" ހުކުރު ދުވަހުގެ ހެނދުނު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އައިސީއެސް މޯލްޑިވްސްއިން ބުނި ގޮތުގައި ޒީރޯ ޕްލާސްޓިކް ރަން އޮންނާނީ ހުކުރު ދުވަހުގެ ހެނދުނު 8:00 ގައި، ހުޅުމާލޭގައެވެ. ދުވުމުގައި ބައިވެރިވާ ފަރާތްތަކުން ދުވުން ފެށުމުގެ 30 މިނިޓު ކުރިން ހުޅުމާލޭ ސެންޓްރަލް ޕާކަށް ހާޒިރުވާންޖެހޭކަމަށް އައިސީއެސްއިން ބުނެއެވެ.

ދަ ކްލީނިން ކުއެސްޓް"އާ ގުޅިގެން ބާއްވާ މި ދުވުން ހިނގާފައިވެސް ފުރިހަމަކުރެވިދާނެކަމަށް އައިސީއެސްއިން ބުނެއެވެ.

ދުވުން ފުރިހަމަކުރަންޖެހޭނީ ދުވަމުންދާ އިރު މަގުމަތިން ފެންނަ ޕްލާސްޓިކް ހޮވައި، ކޮތަޅަކަށް އަޅަމުންނެވެ.

ޒީރޯ ޕްލާސްޓިކް ރަންގެ ކިޓު މިހާރު ދޫކުރަމުން ގެންދާ އިރު، އެ ކިޓުގެ ތެރޭގައި ޕްލާސްޓިކް އަޅާ ޓޯޓް ބޭގެއްވެސް ދޭނެއެވެ.

ކިޓު ދޫކުރަމުން ގެންދާނީ މިއަދު މެންދުރު 12:00 އިން ރޭގަނޑު 9:00 އަށް، އަދި މާދަމާއިން ފެށިގެން ޖެނުއަރީ 31 ގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް އައިސީއެސްގެ އޮފީހުންނެވެ.