28 Jan 2019, 12:13
ދެހާސް ސަތާރަވަނަ އަހަރު، އިޓަލީގެ ނޫސްވެރިއެއް އަދި ލިޔުންތެރިއެއް ކަމަށްވާ ފްރެންޗެސްކާ ބޮރީ ރާއްޖެއާ ބެހޭގޮތުން ލިޔެ ޝާއިއު ކުރި ފޮތެއްގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ހިމެނޭތީ އޭނާއަށް ދިވެހީންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
"ޑެސްޓިނޭޝަން ޕެރަޑައިސް: އެމަންގް ދަ ޖިހާދިސްޓްސް އޮފް މޯލްޑިވްސް"ގެ ނަމުގައި އުމުރުން 39 އަހަރުގެ ބޮރީ ލިޔުނު އެ ފޮތަކީ ދިވެހީންނާއި، މެދުއިރުމަތީގައި ހަރަކާތްތެރިވާ ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކާ އޮތް ގުޅުމާ ބެހޭގޮތުން އޭނާ ލިޔުނު ފޮތެކެވެ. އެނާ ވަނީ އެ ފޮތުގައި މެދު އިރުމައްޗަށް ހަނގުރާމައަށް ދިޔަ ބައެއް މީހުންނާއި، ދާން ބޭނުންވެގެން އުޅޭ ބައެއް މީހުންނާއި، ހައްދުފަހަނަ އަޅާފައިވާ މީހުންނާ ދެކޮޮޅަށް ވަކާލާތު ކުރާ ބައެއް ފަރާތްތަކުގެ އިންޓަވިއު ނަގާފަ އެވެ.
"ޑެސްޓިނޭޝަން ޕެރަޑައިސް: އެމަންގް ދަ ޖިހާދިސްޓްސް އޮފް މޯލްޑިވްސް"ގެ ނަމުގައި ބޮރީ ލިޔުނު ފޮތަކީ 2017 ވަނަ އަހަރު ޔޫރަޕިއަން ޕްރެސް ޕްރައިޒްގެ "ދަ ޑިސްޓިންގުއިޝްޑް ރައިޓިން އެވޯޑް"އަށް ވެސް ނޮމިނޭޓުވެފައިވާ ފޮތެކެވެ.
އެހެން ނަމަވެސް، އެ ފޮތުގައި ރާއްޖެއާ ބެހޭގޮތުން ހަގީގަތާ ހިލާފު، ރާއްޖޭގެ ތަސައްވުރު ކިލަނބުވާ ފަދަ ވާހަކަތަކެއް ހިމެނިފައިވުމުން މީސް މީޑިއާގައި ގިނަ އަދަދެއްގެ ދިވެހީން ދަނީ ހިތްހަމަނުޖެހުން ފާޅުކޮށް ބޮރީއަށް ފާޑުކިޔަމުންނެވެ.

ފްރެންޗެސްކާ ބޮރީ
އެ ފޮތުގައިވާ ގޮތުން ބޮރީ މާލޭގެ އިތުރުން ކ. މާފުއްޓާއި ކ. ތިލަފުށި އަދި އއ. ހިމަންދޫއަށްވެސް ޒިޔާރަތްކުރިއެވެ.
ފޮތް ފަށާފައިވަނީ އޭނާ ރާއްޖެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރި ބައެއް ތަޖުރިބާތަކުންނެވެ. އޭނާ ފޮތުގައި ބުނެފައިވަނީ އެއާޕޯޓުން އޭނާ ފެނިގެން ދިވެހި ކުޑަކުދީންތަކެއް ދިޔައީ "އެފްރިކާ މީހަކަށް ދޮން މީހަކު ފެނުމުން ބަލަހައްޓައިގެން ހުންނަ ގޮތަށް" ބަލަމުން ކަމަށެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން ލަނީ ބްރޭންޑެޑް ތަކެތި ނަމަވެސް ދިވެހީން ބޭނުންކުރަނީ ފޭކު އެއްޗެހިކަމަށްވެސް ބުންޏެވެ.
ބޮރީގެ ފޮތުގައި އެންމެ ބޮޑަށް ފާހަގަވެގެން ދިޔަ އެއް ކަމަކީ މާލޭގައި ބުކްޝޮޕުތައް ނުހުންނަ ކަމަށް އޭނާ ބުނެފައިވުމެވެ. އޭނާ ބުނެފައި ވަނީ މާލޭގައި އޭނާއަށް ފެނުނީ އެންމެ ބުކްޝޮޕެއް ކަމަށާއި އެ ފިހާރައަކީ ވެސް އިސްލާމިކް ބުކްޝޮޕެއް ކަމުގަ އެވެ. އޭނާ އެ ފޮތުގައި ބުނެފައި ވަނީ އެ ފިހާރާގައި މަދު އަރަބި އަދި އިނގިރޭސި ފޮތްތަކެއް ފިޔަވައި ދެން މުޅީން ވެސް ހުރީ ދިވެހި ފޮތްތައް ކަމުގައެވެ.
@francescaborrithis is Bandeyri! He went around Malé pushing his cart selling books. May he rest in peace.pic.twitter.com/HD6yNTxaL3
— Caliph. Rannamaari (@rannamaari)January 28, 2019
Might want search Google Maps for "bookshop" next time. This book is a blatant lie at this point. Even given the benefits of the doubt, this book falls short of acceptable.
Tldr: Riddled with lies for dramatic purposes.pic.twitter.com/TXycTvAzqC— A. A. Nawaz ????❓ (@aanawazu)January 27, 2019
އޭގެ އިތުރުން، ރާއްޖޭގައި އިނގިރޭސި ބަސް ނޭނގޭ މީހުން ގިނަ ކަމަށް ދޭހަވާ ގޮތަކަށް ވެސް އޭނާގެ ފޮތުގައި ލިޔެފައިވެއެވެ. އަދި އިނގިރޭސި ބަހަކީ ކިޔަވައިގެން ތިބި ދޮން ނަސްލުގެ މީހުންގެ ބަހެއް ކަމަށް އޭނާ ފޮތުގައި ބުނެއެވެ.
"އެކަމަކު އިނގިރޭސި ބަހަކީ، މަދު ބަޔަކު ބޭނުން ކުރާ ބަހެއް. އެ މަދު ބަޔަކީ، މުއްސަނދި، ކިޔަވައިގެން ތިބި ހަމުގެ ކުލަ ދޮން ބަޔެއް،" އޭނާގެ ފޮތުގައި ލިޔެފައިވެއެވެ.
ބޮރީގެ ފޮތުގައި އޭނާ ވަނީ ޓެރަރިސްޓު ޖަމާއަތްތަކަށް ހިތްވަރުދޭ ބަޔަކު އުޅޭ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ސިފަކޮށްފައެވެ. އޭނާ ލިޔެފައި ވަނީ ފްރާންސާއި ބެލްޖިއަމް ފަދަ ގައުމުތަކުގައި، މުސްލިމުން، ހައްދުފަނައަޅާފައިވާ ޖަމާއަތަކުން ހިންގާ އަމަލުތަކަށް ލަދުވެތިވާ ކަމުގައެވެ. އެހެން ނަމަވެސް، އެފަދަ ޖަމާއަތްތަކުގެ މީހުންނާ މެދު ދިވެހިން ދެކެނީ ބަތަލުންގެ ގޮތުގައި ކަމަށް އޭނާގެ ފޮތުގައި ލިޔެފައިވެއެވެ.
"ދުނިޔޭގެ އެހެން ގައުމުތަކުގައި މީހުން އޮލިމްޕިކްސް ބެލި އިރު ރާއްޖޭގައި މީހުން ބެލީ ހަލަބުގެ ހަނގުރާމަ. އެމީހުން ތިބީ އަލްގައިދާއާ އެއްކޮޅުގައި،" އޭނާގެ ފޮތުގައި ލިޔެފައިވެއެވެ.
ސޯޝަލް މީޑިއާގައި އެކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުން ދަނީ، ރާއްޖޭގައި ޓެރަރިސްޓު ޖަމާއަތްތަކާ އެއްކޮޅަށް ވާހަކަ ދައްކަނީ މަދު ބަޔަކު ކަމަށެވެ. އަދި މަދު ބަޔަކު ކުރާ ކަމަކަށް މުޅި ގައުމު ބަދުނާމު ކުރުމަކީ އިންސާފެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
By saying Maldivians cheered while watching the Battle of Aleppo is an injustice to those Madivians who are Muslims, but not terrorists. Who are mortified, just like the Muslims in Brussels, Paris and Tunisia when asked about terrorists.
— Nash (@NashNasheed)January 26, 2019
އޭގެ އިތުރުން އޭނާގެ ފޮތުގައި ވަނީ، ދިވެހީންނަކީ ޓެކްނޮލޮޖީއަށް އަހުލުވެރި ނޫން ބަޔަކު އުޅޭ ގައުމެއް ކަމަށް ދޭހަވާ ގޮތަށް ވެސް ސިފަކޮށްފަ އެވެ.
"އަހަރެންގެ ފޯނަށް މެސެޖެއް އައުމުން ފޯނު ދިއްލުނު. އެވަގުތު އެންމެން ހައިރާންކަމުގެ އަޑެއް ލެއްވި. އެއީ އަަހަރެންގެ ފޯނަކީ އައިފޯނެއް ކަމުން. މިތަނުގައި މީހުން އައިފޯނެއް ނުދެކޭ،" ބޮރީގެ ފޮތުގައިވެ އެވެ.
އެހެން ނަމަވެސް، ގިނަ ދިވެހިންނަކީ ސްމާޓް ފޯނު ގެންގުޅޭ، ޓެކްނޮލޮޖީއަށް އަހުލުވެރި ބައެއް ކަމަށް ބުނެ، ދިވެހިން ދަނީ ބޮރީ ދިރާސާ ކުރި މިންވަރާ ބެހޭގޮތުން ސުވާލު އުފައްދަމުންނެވެ.
98% of our population had internet access five years ago. We have one of the highest tech proliferation and device per capita stats in the world. This isn't lazy research, this is outright malicioushttps://t.co/slgUtYcoYe
— Naailu???? (@kudanai)January 27, 2019
ބޮރީގެ ފޮތުގައި އޭނާ އިތުރަށް ބުނެފައި ވަނީ ރާއްޖެ އަކީ މުޅި ދުނިޔޭގައި ވެސް އަމިއްލަ ބާވަތެއްގެ ކެއުމެއް ނުވަތަ "ލޯކަލް ކުއިޒީނެއް" ނުހުންނަ ހަމަ އެކަނި ގައުމު ކަމުގައި ބުނެވިދާނެ ކަމަށެވެ.
އެކަމަށް ޓްވިޓާގައި ރައްދު ދިން ރައްދު ދިން ފަރާތްތަކުން ވަނީ، ދިވެހި ކާއެއްޗެއްސާ ބެހޭގޮތުން އިނގިރޭސިން ލިޔެފައި އޮތް ފޮތެއް އޭނާ މިހާރު ވެސް ބޭނުން ކުރާ ކަމުގައެވެ. އޭގެ އިތުރުން، ޕީއެޗްޑީއަށް ކިޔަވަމުންދާ ދިވެއްސަކު ވަނީ އޭނާ ދިވެހި ކާނާއާ ބެހޭގޮތުން ދިރާސާ ކުރަމުންދާ ކަންވެސް ހާމަކޮށްފައެވެ.
Why did you say Maldives has no local cuisine? I've been learning how to cook Maldivian recipes from a cookbook written by a Maldivian—bought it on Amazon too. I've mastered cooking boakiba & bajiya. Come over & try some short eats with my Maldivian husband and me sometime.pic.twitter.com/SxrLOsrnCo
— Angela Didi (@AhmedsAngel)January 27, 2019
Maldivian cuisine family lunch from last Fridaypic.twitter.com/BT1mwXIFrU
— Neets (@neetuyam)January 27, 2019
"ޑެސްޓިނޭޝަން ޕެރަޑައިސް: އެމަންގް ދަ ޖިހާދިސްޓްސް އޮފް މޯލްޑިވްސް" ފޮތުގައި، ރާއްޖޭގެ ތަސައްވުރު ކިލަނބުވާ ގޮތަށް އެތައް ވާހަކައެއް ލިޔެފައި ވުމުން، ބޮރީއަށް ނިސްބަތްވާ ގޮތަށް ދިވެހީން ހިތްހަމަނުޖެހުން ފާޅު ކުރަމުން ދާއިރު އަދި އޭނާ އެކަމާ ގުޅޭ ގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.