ރެޑްވޭވް އަހަރީ ބާޒާރުގެ ނަސީބުވެރިންނަށް ހޮވުނު ފަރާތްތަކަށް ފައިސާގެ އިނާމް ހަވާލުކޮށްފި އެވެ. ފައިސާގެ އިނާމުތައް ޖުމްލަ އެއްލަކަ ރުފިޔާ އަށް އަރަ އެވެ.

ރެޑްވޭވް އިން މިދިޔަ މަހު 15 އިން މި މަހު 15 ގެ ނިޔަލަށް، ރެޑްވޭވްގެ ހުރިހާ ފިހާރައެއްގައި ކުރިއަށް ގެންދިޔަ ރެޑްވޭވް އަހަރީ ބާޒާރުގެ ގުރުއަތުން ހޮވުނު ނަސީބުވެރި ތިން ފަރާތަށް ފައިސާގެ އިނާމު އިއްޔެ ރެޑްވޭވް އޮފީހުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ވަނީ ހަވާލުކޮށްފަ އެވެ.

އެގޮތުން ނަސީބު ވެރިއަކަށް ހޮވުނު، އައިމިނަތު ސަލާމާއަށް 20،000 ރުފިޔާ އަބްދުﷲ މުއިއްޒު ފުއާދަށް 30،000 ރުފިޔާ އަދި ޒާހިދާ އިބްރާހީމް އަށް 50،000 ރުފިޔާގެ ފައިސާ އިނާމު ވަނީ ލިބިފަ އެވެ.

ރެޑްވޭވް އަހަރީ ބާޒާރުގެ ދެވަނަ ނަސީބުވެރިޔަށް ހޮވުނު މުއިއްޒު ފުއާދު: އޭނާ އަށް ވަނީ 30،000 ރުފިޔާގެ ފައިސާގެ އިނާމް ލިބިފަ -- ފޮޓޯ/ ރެޑްވޭވް

ރެޑްވޭވް އިން ބުނީ، ރެޑްވޭވްގެ އަހަރީ ބާޒާރުގެ ނަމުގައި ފައިސާގެ އިނާމްތަކެއް ލިބިގެން ދިޔަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކަސްޓަމަރުންގެ ހިޔާލާއި އެދުމުގެ މަތިން ކަމަށެވެ.

އަދި ކުރިއަށް އޮތްތަނުގައި ރެޑްވޭވް ރޯދަ ސޭލް ވެގެންދާނީ މިއަށް ވުރެ ވެސް ބޮޑު އިނާމްތަކެއް ލިބިގެންދާ ފުރިހަމަ ސޭލްއެއް ކަމުގައި ރެޑްވޭވުން ބުނެ އެވެ.

އަދި ވީހާ ވެސް ގިނަ އަދަދެއްގެ ކަސްޓަމަރުން ރެޑްވޭވް ރޯދަސޭލްގައި ވެސް ބައިވެރިވުމަށް ރެޑްވޭވް އިން އިލްތިމާސް ކުރެ އެވެ.

ރެޑްވޭވް އަހަރީ ބާޒާރުގެ ތިން ވަނަ ނަސީބުވެރިޔަށް ހޮވުނު ޒާހިދާ އިބްރާހިމް: އޭނާ އަށް ވަނީ 20،000 ރުފިޔާގެ ފައިސާގެ އިނާމް ލިބިފަ -- ފޮޓޯ/ ރެޑްވޭވް

ރެޑްވޭވް އަކީ ފުޅާ ދައިރާއެއްގައި ވަރަށް ގިނަ ބާވަތްތަކުގެ ވިޔަފާރި ކުރަމުން އަންނަ ބަޔެކެވެ.