28 Jan 2019, 10:16
ޕެރައިޑައިސް އައިލެންޑް ރިސޯޓުގައި އަނެއްކާ ވެސް ފަތުރުވެރިޔަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ޕެރަޑައިސް އައިލެންޑް ރިސޯޓުން 36 އަހަރުގެ ފިރިހެނެއް މަރުވެގެން ރޭ އޭޑީކޭ އަށް ގެންގޮސްފައިވާ ކަމަށެވެ. މަރުވެފައި އޮއްވާ ފެނުނީ ޗައިނާގެ ފަތުރުވެރިއެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާ މަރުވެފައި އޮއްވައި ފެނުނީ އޭނާ ރިސޯޓުގައި ހުރި ކޮޓަރީގެ ތެރެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިއީ މިމަހުގެ ތެރޭގައި ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މަރުވި ތިން ވަނަ ފަތުރުވެރިޔާ އެވެ. އެގޮތުން ޗެކްރިޕަބްލިކަށް ނިސްބަތްވާ އުމުރުން 84 އަހަރުގެ ފިރިހެނަކު އެ ރިސޯޓުގެ މޫސުގައި މަރުވެފައި އޮއްވާ މިމަހުގެ 19 ވަނަ ދުވަހު ފެނިފައިވެ އެވެ.
މިމަހުގެ 16 ވަނަ ދުވަހު ޕެރަޑައިސް އައިލެންޑް ރިސޯޓުން ސްނޯކްލިންއަށް ދިޔަ ފަތުރުވެރިއަކު ވެސް ވަނީ މަރުވެފަ އެވެ. އެ ހާދިސާގައި މަރުވީ 66 އަހަރުގެ ކޮރެއާ އަންހެނެކެވެ.
ޓޫރިސްޓުން މަރުވުމާއި އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު އިތުރުވެފައިވާތީ ޓޫރިސްޓު ޕްރޮޕަޓީތައް އިންސްޕެކްޓު ކުރަން ފެށުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.