28 Jan 2019, 09:00
ފޭސްބުކް އިން ހިންގާ ފޭސްބުކް މެސެންޖާއާއި ވަޓްސް އެޕް އަދި އިންސްޓަގްރާމުގެ މެސެޖިން ފީޗާ އެއްކޮށްލަން ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ބަދަލާއެކުވެސް ތިން އެޕްލިކޭޝަން މަސައްކަތް ކުރާނީ ވަކިވަކިންނަމަވެސް ފޭސްބުކް މެދުވެރިކޮށް ވަޓްސްއެެޕު ބޭނުންކުރާ މީހަކަށް ފޮނުވަން ބޭނުންވާ މެސެޖު ފޮނުވޭނެއެވެ. ނުވަތަ އެއް އެޕްލިކޭޝަން މެދުވެރިކޮށް އަނެއް އެޕްލިކޭޝަން ބޭނުންކުރާ މީހަކަށް މެސެޖުކޮށް ހެދޭނެއެވެ.
މި ބަދަލަކީ ފޭސްބުކްގެ ބާނީ މާކް ޒަކަބާގްގެ އިސްނެގުމަކަށް ގެންނަ ބަދަލެއް ކަމަށްވެއެވެ. މި ބަދަލު ފުރިހަމަވެ، ބޭނުން ހިފޭވަރުވާނީ އަދި ދުވަސްކޮޅެއް ފަހުންކަމަށް ފޭސްބުކް އިން ވަނީ ބުނެފައެވެ.
ފޭސްބުކް އިން ބުނެފައިވަނީ ތިން އެޕްލިކޭޝަން އިންޓަގްރޭޓު ކުރުމަށް ކުރާ މަސައްކަތަކީ ބުރަ މަސައްކަތަކަށް ވާނޭ ކަމަށާއި މި ބަދަލަކީ އެތައް ބިލިއަން މީހުންނަކާ ގުޅިފައިވާ ބަދަލެއް ކަމަށެވެ.