27 Jan 2019, 23:55
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް "ނޭޝަނަލް ޕޭ ކޮމިޝަން" ގައި މިހާތަނަށް ތިއްބެވި ބޭފުޅުން ވަކި ކުރައްވައި، އެ ކޮމިޝަނަށް ބޭފުޅުން އައްޔަނު ކުރައްވައިފިއެވެ.
"ނޭޝަނަލް ޕޭ ކޮމިޝަން" އައްޔަނުކުރެއްވި ބޭފުޅުން
1. މަރްޔަމް ނިޔާފް މުޙައްމަދު (ހެންވޭރު. ނީލަމް)
މަރްޔަމް ނިޔާފް މުހައްމަދަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް މެންޗެސްޓަރ އިން މާސްޓަރ އޮފް ސައިންސް އިން އިކޮނޮމިކްސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު ގެންދަވަނީ މެލޭޝިޔާގެ މެނެޖްމަންޓް ސައިންސް ޔުނިވަރސިޓީ އިން ބިޒްނަސް/އެޗް.އާރ ދާއިރާއިން ޕީ.އެޗް.ޑީ ފުރިހަމަ ކުރައްވަމުންނެވެ. މަރްޔަމް ނިޔާފް މުޙައްމަދު ގެންދަވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލްގެ ލެކްޗަރަރއެއްގެ މަގާމު އަދާ ކުރައްވަމުންނެވެ.
2. ޢަފާފް އިބްރާހީމް ޢަލީދީދީ (ވިލިނގިލި. މިންނަތް)
ޢަފާފް އިބްރާހީމް އަލީދީދީ އަކީ އޮސްޓްރޭލިޔާގެ އީޑިތް ކޯވަން ޔުނިވަރސިޓީ އިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އިންޓަރނޭޝަނަލް) ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
3. ޢަބްދުﷲ ޢަލީ (ރޯނުގެ، ހދ. ހަނިމާދޫ)
ޢަބްދުﷲ ޢަލީ އަކީ އެމެރިކާގެ އީސްޓަރން މިޝިގަން ޔުނިވަރސިޓީ އިން މާސްޓަރ އޮފް އާޓްސް އިން އިކޮނޮމިކްސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޢަބްދުﷲ ޢަލީ ގެންދަވަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ރީޖަނަލް ކޯޕަރޭޝަން ސްޕެޝަލިސްޓްގެ މަގާމު އަދާ ކުރައްވަމުންނެވެ.
4. ފާތިމަތު ޝާނާ ފާރޫޤު (މާފަންނު، ލަންސިމޫގެ)
ފާޠިމަތު ޝާނާ ފާރޫޤު ގެންދަވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމު އަދާ ކުރައްވަމުންނެވެ.
"ނޭޝަނަލް ޕޭ ކޮމިޝަން" ގެ ނައިބު ރައީސް ކަމަށް ހަމަޖައްސަވާފައިވަނީ މަރްޔަމް ނިޔާފް މުޙައްމަދެވެ.