06 Oct 2011, 21:14
ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ކަމުގެ މަގާމަށް އެ އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި ސ. ހުޅުދޫ ޓްރައިސްޓާ، އާމިނަތު ޝައުނާ ހަމަޖައްސަވައި އެ އޮފީހުގެ އެސިސްޓެންޓް ޓު ދަ ޗީފް އޮފް ސްޓާފްގެ މަގާމަށް މއ. ވިލާރޮދި ޢާއިޝަތު ޝާހީން ހަމަޖައްސަވައިފި އެވެ. ޝާހީން މިހާތަނަށް ހުންނެވީ ރައީސް އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ހއ. ދިއްދޫ ނައިލޯނުގޭ މުޙަންމަދު ހާޝިމް ވަނީ ރައީސުލް ޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފަ އެވެ. ކުރިން ހާޝިމް ހުންނެވީ، މޯލްޑިވްސް ޕޮލިޓެކްނިކްގެ ޑެޕިޔުޓީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައެވެ.
މި ތިން ބޭފުޅުން ވެސް މި މަގާމުތަކަށް ޢައްޔަން ކުރެއްވީ، މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.