ވަޅިން ބިރު ދައްކައިގެން ފިހާރައަކުން ފައިސާތަކެއް ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ހާދިސާގައި ފޭރިފައި ވަނީ މާފަންނު ބިސްބުރު ކައިރީގައި ހުރި ފިހާރައަކުން ކަމަށެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އެ ފިހާރައިގެ ވަތްގަނޑުން ފޭރިގަތް ފައިސާ ވެސް ހައްޔަރުކުރި މީހާއާ އެކު ފެނިފައިވާ ކަމަށެވެ.

އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.