06 Oct 2011, 17:57
ޓެރަރިޒަމް ހަރަކާތްތައް ހުއްޓުވަން ގުޅިގެން މަސައްކަތް ކުރުމާއި، ގާބިލިއްޔަތުކަން އިތުރުކުރަން ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރާ ދެމެދު މެމޮރަންޑަމް އޮފް އިންޓެއްޓެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސް ވުމުގައި މި މަހުގެ ހަތަރުވަނަ ދުވަހު ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހެވެ. އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވަނީ އެމެރިކާއިން ރާއްޖެ އާއި ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަ އެމްބެސަޑަރު ޕެޓްރީޝިއާ ބޫޓެނިސް އެވެ.
މި މެމޮރަންޑަމް އޮފް އިންޓެންޓްގެ މައިގަނޑު ބޭނުމަކީ ޓެރަރިޒަމްގެ ހަރަކާތްތައް ހިންގާ ފަރާތްތައް ހޯދައި އެފަދަ ޖަމާއަތް ތަކުން ރާވައި ހިންގާ ބޮޑެތި ޖަރީމާތައް ދެނެގަނެވޭނެ ނިޒާމްތައް ގާއިމް ކޮށް އެފަދަ ޖަރީމާ ތައް ހުއްޓުވަން ދެފަރާތް ގުޅިގެން މަސައްކަތް ކުރުމާއި އެހީތެރިކަން ފޯރުކޮށް ދިނުމެވެ. އެހީ ދޭނީ ޔޫ އެސް ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ އެންޓި ޓެރަރިސްޓް އެސިސްޓެންޓް ޕްރޮގްރާމްގެ ދަށުންނެވެ.
ރާއްޖޭގައި ފަހަކަށް އައިސް ޓެރަރިޒަމަށް މަގުފަހިވާ ފަދަ ޖަރީމާ ތައް ހިންގުން ވަނީ އާންމު ވެފައެވެ.