06 Jun 2010, 09:52
14:30
އަލިކިލޭގެފާނު މަގުގައި ރޭ ދަންވަރު ހިނގި މާރާމާރީ އެއްގައި 18 އަހަރުގެ ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ދަންވަރު 1:30 ހާއިރު ދެމީހެއްގެ ދެމެދުގައި ހިނގި އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ އުމުރުން 18 އަހަރުގެ ކުއްޖަކު ޒަހަމްކޮށްލާފައި ވީނަމަވެސް އޭނާ އަށް މާ ބޮޑު ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށެވެ.
ފުލުހުންގެ އޮފިޝަލު އިތުރަށް ވިދާޅުވީ އެ މާރާމާރީ އަކީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީ އެއް ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި އެނގިފައިނުވާ ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ ޒަޚަމްވި ކުއްޖާ އަށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެކުއްޖާގެ އާއިލާގެ މީހުން އޭނާގެ މަޢުލޫމާތު މީޑިއާ އަށް ދޭން ބޭނުންނުވާތީ މަޢުލޫމާތު ދެވެން ނެތް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.