26 Jan 2019, 18:04
މާލޭ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އެކަމުގެ ރިޕޯޓު ލިބިފައި ވަނީ 4:57 ގައި ކަމަށް ވިދާޅުވި އެވެ.
އެހެން ނަމަވެސް، އިތުރު އެއްވެސް މައުލޫމާތެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
އެނގިފައިވާ ގޮތުގައި އެ މީހާ މަރުވެފައި އޮއްވާ ފެނިފައި ވަނީ، ގަލޮޅު ދަނޑު ކައިރީގައި ހުންނަ ގެއެއްގެ ތެރެއިންނެވެ.