26 Jan 2019, 13:50
ޕޯސްޓް މެދުވެރުކޮށް ރާއްޖެއިން ބޭރުން ގެނައި ޕާރުސަލެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ޕާޓީ ޑްރަގްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ ޕޯސްޓް މެދުވެރިކޮށް ބެލްޖިއަމުން ރާއްޖެ އެތެރެކުރި މަސްތުވާތަކެތި އަތުލައިގަނެފައިވަނީ މިދިޔަ ބުރާސްފަތު ދުވަހު ކަމަށެވެ. ޕާރުސަލުގެ ވެރިފަރާތުގެ ހާޒިރުގައި އޭތު ކެނޑިއުރު އެތެރޭގައި މަސްތުވާތަކެތީތެ ބާވަތެއް ކަމަށްވާ އެމްޑީއެމްއޭ (އެކްސްޓަސީ)ގެ 1،943 ގުޅަ އޮތް ކަމަށެވެ.

ޕޯސްޓުން ރާއްޖެ އެތެރެކުރި މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފައި ---- ފޮޓޯ: ކަސްޓަމްސް
އޭގެ ބަރުދަނުގައި 1،105 ގްރާމް ހުރިއިރު އެ ތެކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައި ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި އެ މީހާވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ކަސްޓަމްސްއިން އާންމުކުރު ފޮޓޯގައިވާ ގޮތުން އެ މަސްތުވާތަކެތި ރައްކާ ކޮށްފައި ހުރީ ޕެކެޓް ކުރުމަށްފަހު ވަޔަރ ލެސް ސްޕީކަރެއްގެ އެތެރޭގަ އެވެ.