26 Jan 2019, 10:28
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޓީއެފްޖީ ފަސް ކިލޯ މީޓަރު ދުވުމުގައި ބައިވެރިވެ، މިއަދު ހެނދުނު ދުވެވަޑައިގެންފި އެވެ.
އެމަނިކުފާނުގެ ދެކަނބަލުންގެ އަރިހުގައި ގިނަ އަދަދެއްގެ ދުވުންތެރިން ވެސް މި ދުވުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ހަރަކާތަކީ ޓީއެފްޖީގެ ފަރާތުން އިންތިޒާމްކޮށްގެން ލ. ގަމުގައި ބޭއްވި ދުވުމުގެ ބޮޑު ހަރަކާތެކެވެ.