ޅ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، މިއަދު ފައްޓަވައިފި އެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި، އެ އަތޮޅުގެ ރަށްރަށުގެ ރަށު ކައުންސިލްތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގާ މަޝްރޫޢުތަކާއި، ހިންގަން ރާއްވަވާފައިވާ ޕްރޮގްރާމްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. ރައީސް ފުރާވަޑައިގަތީ މިއަދު މެންދުރު ފަހު އެވެ.