26 Jan 2019, 01:36
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އެފްއޭއްމްއާ ދެމެދު ހިނގަމުންދާ ކޯޅުންގަނޑު އިތުރަށް ބޮޑުވެ، އެފްއޭއެމްގެ އެކްސްޓުރާ އޯޑިނަރީ ކޮންގުރެސްއެއް ބާއްވަން ޖެހިދާނެ ކަމުގެ އިންޒާރު މަހުލޫފު ދެއްވައިފި އެވެ.
މިއަދުގެ ވަގުތެއްގައި މަހުލޫފާއި ބައްސާމާ ދެމެދު އަނެއްކާ ވެސް ބަހުގެ ހަމަލާތަކެއް ވަނީ ޓުވިޓާގައި ހިނގައިފަ އެވެ.

ރާއްޖޭގެ ފުޓުބޯޅަ އިދާރާގެ އިސްވެރިން ކޮންގްރެސްގައި --- ފޮޓޯ/ އެފްއޭއެމް
މިއަދު މެންދުރު އެފްއޭއެމް އިން ވަނީ މިނިސްޓަރު މަހުލޫފަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށް ޓުވީޓެއް ކޮށްފަ އެވެ.
އެ ޓުވީޓުގައި ބުނެފައި ވަނީ ކްލަބްތަކާ ބައްދަލުކޮށް އެފްއޭއެމްގެ އިންތިހާބީ ލީޑާޝިޕް ބަދަލުކުރުމަށް މިނިސްޓަރު މަހުލޫފް ކުރާ މަސައްކަތަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ.
@ibusolih@AhmedMahloofpic.twitter.com/SPLy8GUzqY
— Maldives FA ???????? (@MaldivesFA)January 25, 2019
"ރަން އިން ލާމު" ދުވުމުގައި ބައިވެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ލ. އަތޮޅުގައި ހުންނެވި މަހުލޫފް، އެފްއޭއެމްގެ ޓުވީޓަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާއިތުވި ދެ އަހަރު އެފްއޭއެމްގައި ސިޔާސީ ހަރަކާތް ހިންގާފައިވާ ކަމަށާއި އެކަމުގެ ގެއްލުން ފުޓުބޯޅައަށް ކުރި ކަމަށެވެ.
މަހުލޫފް ވިދާޅުވީ ފުޓުބޯޅައަށް ގެއްކުންވާ ގޮތަށް އެނޫން ވެސް އެތައް ކަމެއް އެފްއޭއެމް އިންކޮށްފައިވާ ކަމަށެވެ. އަދި އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ވޯޓްލެވޭ މެޖޯރިޓީ ފުޓްބޯޅަ ކްލަބްތަކުން ސޮއިކޮށްފި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Faaithuvi 2 aharu@MaldivesFAga siyaasee harakaaiy hingaa,dhivehi futuboalha ah gellun vaagothah ethah kamehkoh adhi FAM ge asaasee qavaidhaa khilaafah kankoffaivaathee extraordinary congress eh baavvan vote levey majority futuboalha club thakun soi koffikamah mauloomaathu libey
— Ahmed Mahloof (@AhmedMahloof)January 25, 2019
އެކްސްޓުރާ އޯޑިނަރީ ކޮންގުރެސް އަކީ އެފްއޭއެމްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ވޯޓު ލުމަށް ރަޖިސްޓްރީ ކޮށްފައިވާ ކްލަބުތަކުގެ ތެރެއިން ފަންސާސް ޕަސެންޓުގެ ތާއީދު ލިބިގެން ވަގުތުން ވަގުތަށް ބޭއްވޭ ކޮންގުރަސް އެކެވެ. އަދި މި ކޮންގުރަސް އަކީ އެފްއޭއެމްގެ ހިންގުންތެރިން ވަކި ކުރުމުގެ ބާރު ލިއްބައިދޭ ކޮންގުރެސް އެކެވެ.
އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކުރުމަށް ތާއީދު ކުރަންތޯ ސުވާލުކޮށް ޓުވިޓާގައި މަހުލޫފު ވަނީ ޕޯލެއް ހައްދަވައިފަ އެވެ. މިހާތަނަށް އެޕޯލަށް ވޯޓު ދިން ގިނަ މީހުން ބޭނުން ވަނީ އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކުރުމަށެވެ.
FAM ge leadership badhalukuran jeheykamah qaboolu kuravvantho ?@MaldivesFA
— Ahmed Mahloof (@AhmedMahloof)January 25, 2019
އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ވެސް ވަނީ އެ މައްސަލާގައި އެފްއޭއެމް އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
ރާއްޖޭގެ ކުޅިވަރުގެ މިނިސްޓަރާއި ފުޓުބޯޅައިގެ މައި އިދާރާގެ ހަނގުރާމަ ގިނަ ދުވަސްތަކަކަށް ހިނގަމުންދާ ނަމަ ފުޓުބޯޅައަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދާނެ ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.