25 Jan 2019, 22:34
ފުވައްމުލަކުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި އަނިޔާވި ކުޑަ ކުއްޖަކު އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު އިރުއޮއްސުނު އިރު ފުވައްމުލަކު ފުނާޑު، ބުރިކުރި މަގުން، 17 އަހަރުގެ ކުޑަ ކުއްޖަކު ދުއްވާފައި އައި ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ވެއްޓި އަނިޔާވެގެން ޏ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ފުވުއްމުލަކު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އަނިޔާވެގެން ގެނައި ކުއްޖާގެ އެއް ފައި ވަނީ ބިންދިފަ ކަމަށާއި ޑޮކްޓަރުންގެ ލަފަޔާ އެކު އޭނާ މިހާރު ވަނީ މާލެ ފޮނުވާލާފައި ކަމަށެވެ.
"އަޅުގަނޑުމެން ހޮސްޕިޓަލުން ވާނީ މޭލެ ފޮނުވާލުމަށް އާސަންދަ ހޯދުމަށް ރިކުއެސްޓް ކޮށްފައި. ނަމަވެސް އާއިލާއިން ބޭނުންވީ ވީ އެންމެ އަވަހަކަށް ދާން. އެހެންވެ މިރޭ ވާނީ ފޮނުވާލާފަ މާލެއަށް،" ޏ. އަތޮޅު ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވި އެވެ.