25 Jan 2019, 21:40
މާލޭގައި ސައިކަލެއްގެ މަތީގައި އިން މީހަކަށް ގްރޫޕަކުން ހަމަލާދީ މަރާމާރީ ހިންގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލޯރާ ކަންމަތީގައި ސައިކަލެއްގައި އިން މީހެއްގެ ގައިގައި ގްރޫޕަކުން އައިސް ޖަހައި މާރާމާރީ ހިންގާފައިވާ މައްސަލަ މިއަދު ހަވީރު 5:53 ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވެފައި ވަނީ 18 އަހަރުގެ މީހަކަށް ކަމަށާއި އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މީގެއިތުރުން ބިންމާ ގޯޅިގައި ހިނގި މާރާމާރީއެއްގެ މައްސަލަ އިރުއޮއްސި 6:25 ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ އެ މާރާމާރީގައި އަނިޔާވި 29 އަހަރުގެ މީހާއަށް ވެސް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ހުޅުމާލޜގައި ވެސް ވަނީ މާރާމާރީތަކެއް ހިންގާފައެވެ.