ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޓީއެފްޖީ މެރަތަން ރަސްމީކޮށް ފައްޓަވައިދެއްވައިފި އެވެ.

މިއަދު މެންދުރު ފަހު ރައީސް ލާމު އަތޮޅަށް ވަޑައިގެންފައިވާއިރު، ޓީއެފްޖީ މެރެތަން ރަސްމީކޮށް ފައްޓަވައިދެއްވީ މިއަދު ހަވީރު ގަމުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ލ. ގަމުގައި ޓީއެފްޖީއިން ބާއްވާ "ކޮކާ ކޯލާ ރަން އިން ލާމު" މެރެތަން ދުވުން ރަސްމީކޮށް ފައްޓަވީ މިއަދު ހަވީރު އެކަމަށްޓަކައި ގަމުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ރަސްމީކޮށް މެރަތަން މިއަދު ފެށި ނަމަވެސް ދުވުން އޮންނާނީ މާދަމާ މެންދުރު 2:00 ޖަހާއިރު ލާމު އަތޮޅުގެ ހަތަރު ރަށް ގުޅުވާފައި ހަދާފައި އޮންނަ ލާމު ލިންކް ރޯޑުގައެވެ.

މެރެރަން ފައްޓަވައި ދެއްވުމަށްފަހު ރައީސް ވަނީ ގަމުގައި ހުންނަ ޒޯން ސްޓޭޑިއަމާއި ޔޫތް ސެންޓަރު ބައްލަވައިލައްވައިފައެވެ.

އެމަނިކުފާނުގެ ދަތުރުފުޅުގައި ލ. ފޮނަދޫއަށާއި، ލ. ގަމަށް ޒިޔާރަތްކުރައްވައި އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެމަނިކުފާނު ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަންނަވާނީ މާދަމާ އެވެ.