25 Jan 2019, 14:39
ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ލ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރު އެ އަތޮޅަށް ފުރާވަޑައިގެންފިއެވެ.
ރައީސް ސޯލިހުގެ އެ ދަތުރުފުޅަކީލ. ގަމުގައި ޓީއެފްޖީއިން ބާއްވާ "ކޮކާ ކޯލާ ރަން އިން ލާމު" މެރެތަން ދުވުން ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި އެ މެރަތަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ހޮނިހިރު ދުވަހުގެ މެންދުރު 2:00 ގައި ފަށާ މި ދުވުން ކުރިއަށް ދާނީ ލާމު އަތޮޅުގެ ހަތަރު ރަށް ގުޅުވާފައި ހަދާފައި އޮންނަ ލާމު ލިންކް ރޯޑުގައެވެ.
އެމަނިކުފާނުގެ ދަތުރުފުޅުގައި ލ. ފޮނަދޫއަށާއި، ލ. ގަމަށް ޒިޔާރަތްކުރައްވައި އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެމަނިކުފާނު ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަންނަވާނީ މާދަމާ އެވެ.
Laamu atholhuga baavvaa dhuvumugai evves baavathehge drink eh,brand eh adhi kunfunyehves Raees@ibusolihpromote nukuravvaane.
— Ahmed Mahloof (@AhmedMahloof)January 24, 2019