25 Jan 2019, 14:22
ހުޅުލޭގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އެކަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެއާޕޯޓުގައި މިއަދު އެކްސިޑެންޓުވީ މޯލްޑިވިއަންގެ ވެހިކަލަކާއި އެއާޕޯޓުގައި މަސައްކަތްކުރާ ސްޓާފުގެ ސައިކަލު ކަމަށެވެ.
އަދި އެ އެކްސިޑެންޓުގައި އަނިޔާވި ސައިކަލު ދުއްވަން އިން މީހާއަށް މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލު ވިދާޅުވީ، އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހެނދުނު 10:30 ހާއިރު ކަމަށެެވެ.
ހުޅުމާލޭ ހޮސްޕިޓަލު ހިންގާ އާސަންދަ ކުންފުނީގެ ތަރުޖަމާނު އާޝިޔާ ސޯލިހު ވިދާޅުވީ އެކްސިޑެންޓެއް ހިނގައިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެނައި މީހާގެ ކަކުލު ހުޅު ނެއްޓިފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ހާލު ރަނގަޅުކަމަށާއި، އޭނާއަށް ދޭންޖެހޭ ފަރުވާ ދެމުންދާ ކަމަށެވެ.