ބޮލީވުޑުގެ ހުނަރުވެރި ދެ އެކްޓަރުން ކަމުގައިވާ އާލިއާ ބަޓް އަދި ރަންބީރު ކަޕޫރު ލޯބީގެ ގޮތުން ގުޅުނީ މިދިޔަ އަހަރުއެވެ. ދެމީހުންގެ ދެމެދު ލޯބީގެ ގުޅުމެއް އުފެދުނީ އަޔާން މުކަރުޖީގެ ފިލްމު "ބްރަހްމާސްތުރަ"ގެ ޝޫޓިންގެ ތެރެއިންނެވެ.

މިއީ އާލިއާ ވެސް އަދި ރަންބީރު ވެސް އެހާ ފާޅުކަން ބޮޑު ގޮތެއްގައި ލޯބިވެރިއެއްގެ ވާހަކަ ދައްކައި އުޅޭ ފުރަތަމަ ފަހަރެވެ.

ދެމީހުން އެކުގައި ތަންތަނަށް ގޮސް ދެފަރާތުގެ އާއިލާ އާއެކު ވަގުތު ހޭދަކުރެއެވެ. އަދި ވަރަށް އަވަހަށް ދެމީހުން އެންގޭޖު ކުރާނެ ކަމަށް ވެސް ޚަބަރުތައް ވަނީ ބުނެފައެވެ.

ނަމަވެސް މިހާރު ފެތުރެމުން އަންނަނީ މުޅިން އެހެން ވާހަކައެކެވެ. ޚަބަރުތައް ބުނާ ގޮތުން ދެމީހުންގެ ގުޅުން މިހާރު އެންމެ ރަނގަޅެއް ނޫނެވެ.

އާލިއާ އަބަދު ގުޅާ މެސެޖު ކުރާތީ ރަންބީރަށް އުނދަގޫ ވަނީއެވެ. އޭނާއަށް އަމިއްލަ "ސްޕޭސް" ނުލިބޭ ކަމަށް ރަންބީރު ބުނާ ކަމަށް ވެއެވެ.

ރަނގަޅަށް ކުރިއަށް ގެންދަން މަސައްކަތް ކުރަނީ އާލިއާ އެކަނިކަމަށް އާލިއާ ގަބޫލުކުރާކަމަށާއި އެކަމާ އޭނާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުރި ކަމަށް ޚަބަރުތައް ބުނެއެވެ.