24 Jan 2019, 22:36
ސައިރިކްސް ކޮލެޖުގައި، އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާ އިން މާސްޓާސްގެ އާ ޕްރޮގްރާމެއް މިއަދު ފައްޓައިފި އެވެ.
ސައިރެކްސް ކޮލެޖުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "ބިގް ޑާޓާ އެންޑް ޑާޓާ ސައިންސް" އަށް ހާއްސަ ކޯސް ފައްޓަވައި ދެއްވީ، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝާފިއު ކަމަށެވެ.
އަދި ބުނީ އެ މިޕްރޮގްރާމަކީ އެފަދަ ޕްގްރާމެއް ރާވައި ހިންގާ ފުރަތަމަ ފަހަރު ކަމަށެވެ.
މާސްޓާ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ ފަރުމާކޮށްފައި ވަނީ ދުނިޔޭގައި އެ ދާއިރާގެ ފުންނާބު އުސް ގިނަ ޕްރޮގްރާމްތަކެއް ދިރާސާކޮށްގެން ކަމަށް ބުންޏެވެ. އަދި ބުނީ އެ ޕްރޮގްރާމަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެޕްރޫވްކުރާ ކޯހެއް ކަމަށެވެ.
މިފަދަ ކޯހެއް ފަރުމާކުރުމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖެ އަށް ބޭނުންވާ ޑޭޓާ ސައިޓިސްޓުން ތައްޔާރުކުރުން ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.