ގައުމީ ޔުނިވަސިޓީން ބާއްވާ 'ވަން ސްޓޮޕް އެޑްމިޝަން' ގެ ދެވަނަ އިވެންޓް އެ ޔުނިވަސިޓީގެ ފަސް ކެމްޕަހެއްގައި ބާއްވަން ނިންމައިފި އެވެ.

ވަން ސްޓޮޕް އެޑްމިޝަން އަކީ ކޯހަށް އެޕްލައިކުރާ ވަގުތު ކުއްޖާ ކޯހަށް ހޮވޭކަން ނުވަތަ ނޫންކަން އަންގައިދޭ އިވެންޓެކެވެ. އަދި އެ އިވެންޓުގައި ކޯސްތަކުގެ މައުލޫމާތުވެސް ކުދިންނަށް އަރުވާނެ އެވެ.

ޔުނިވަސިޓީން ބުނީ މާލެ ކުޅުދުއްފުށި އަދި ގދ ތިނަދޫ ކެމްޕަހުގައި މިމަހުގެ 28 ވަނަ ދުވަހު ވަން ސްޓޮޕް އެޑްމިޝަން ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި ލ ގަމާއި އައްޑޫ ހިތަދޫ ކެމްޕަހުގައި މިމަހުގެ 26 ވަނަ ދުވަހު ވަން ސްޓްޕް އެޑްމިޝަން އިވެންޓް ކުރިއަށްދާނެ ކަމަށްވެސް ޔުނިވަސިޓީން ބުންޏެވެ.

" މި އިވެންޓްގެ ތެރޭގައި ޔުނިވަސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ބަލައިގަތުމާއި އޯލެވެލް އޭލެވެލް އަދި އެހެން ނަތީޖާތަކަށް ބެލުމަށް ފަހު ޝަރުތުހަމަވާ ފަރާތްތަކަށް ކޯހަށް ހޮވުނު ކަމުގެ ލިޔުން ވަގުތުން ދިނުމަށް ވަނީ ހަމަޖެހިފައި." ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ބުންޏެވެ.

އަދި އެ އިވެންޓްގެ ތެރެއިން ލިޔުންތައް އެޓެސްޓެވެސް ކޮށްދޭނެ ކަމަށް ގައުމީ ޔުނިވަސިޓީން ބުންޏެވެ.

އަދި ވަން ސްޓޮޕް އެޑްމިޝަން އިވެންޓުގެ ތެރެއިން ޔުނިވަސިޓީގެ ލެކްޗަރަރުން މަތީ ތައުލީމު ފޯރުކުރުމަށް ވާންޖެހޭ ތައްޔާރީތަކާއި އެހެނިހެން މައުލޫމާތުތައް ދެމުންދާނެ ކަމަށް ޔުނިވަސިޓީން ބުންޏެވެ.

ގައުމީ ޔުނިވަސިޓީން ދަނީ ގިނަ ދާއިރާ ތަކަކުން ތައުލީމު ފޯރުކޮށްދެމުންނެވެ. އެގޮތުން ޓުއަރިޒަމްގެ ދާއިރާ ނޫސްވެރިކަމުގެ ދާއިރާ އަދި މެޑިސިންގެ ދާއިރާވެސް ހިމެނެ އެވެ. އަދު ވަކީލުކަން ކިޔަވަން ބޭނުންނަމަ އެފުރުސަތުވެސް ލިބެ އެވެ.