24 Jan 2019, 15:44
ރާއްޖޭގެ ރައްޔިތުންނަށް މިހާރަށްވުރެ ލުއި ފަސޭހަކޮށް ޕާސްޕޯޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އަންނަ އާދިއްތަ ދުވަހުން ފެށިގެން އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދުމުގެ ފުރުސަތު ހުޅުވާލާގޮތަށް ނިންމައިފިއެވެ.
އިމިގްރޭޝަނުން ބުނީ އެގޮތަށް އީމެއިލް މެދުވެރިކޮށް ޕާސްޕޯޓް ހެދުމަށް ހުށަހަޅާ ފަރާތްތަކަށް ޕާސްޕޯޓު ދޫކުރެވޭނީ، ޕާސްޕޯޓުގެ ޙިދުމަތަށް ފައިސާ ދައްކާތާ 48 ގަޑި ފަހުން ކަމަށެވެ.
އިމިގްރޭޝަނުން ބުނީއީމެއިލް މެދުވެރިކޮށް ޕާސްޕޯޓު ހެއްދުމަށް ލިޔުންތައް ހުށަހަޅަންޖެހޭނީ އެ މުއައްސަސާގެ އީމެއިލް އެޑްރެސް[email protected]އަށް ކަމަށެވެ. އަދި ބުނީ އީމެއިލް ފޮނުވާއިރު އީމެއިލްގެ ސަބްޖެކްޓުގައި ވެރިފަރާތުގެ ފުރިހަމަނަން، އައި.ޑީ ކާޑް ނަންބަރު އަދި ގުޅޭނެ ނަންބަރު އޮންނަންވާނެ ކަމަށެވެ.
އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދޭއިރު، ޕާސްޕޯޓަށް އެދޭ ފޯމާއި އައިޑީކާޑުގެ ކޮޕީއާއި 10 ރުފިޔާގެ ރެވެނިއު ސްޓޭމްޕްގެ އިތުރުން އެންމެ ފަހުން ހަދާފައިވާ ޕާސްޕޯޓްގެ ޑޭޓާ ޕެކޭޖްގެ ކޮޕީއާއި ޕާސްޕޯޓް ސައިޒްގެ، އެއް މަސް ހަމަނުވާ ފޮޓޯއެއް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
އޮންލައިންކޮށް ޕާސްޕޯޓަށް އެދުމުގެ ފުރުސަތު ހުޅުވާލިއިރު، އިމިގްރޭޝަނާ މުއާމަލާތް ކުރެވޭނެ ހާއްސަ ނިޒާމެއް ގާއިމްކޮށް އަންނަ މަހުގެ 25 އިން ފެށިގެން އިމިގްރޭޝަނުގައި ކޯލް ސެންޓަރެއް ގާއިމުކުރަންވެސް ވަނީ ނިންމައިފައެވެ.