ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑީއާ(ޕީއެސްއެމް) ގެ ބޯޑަށް "ސަން" ޓީވީގެ ކުރީގެ ސްޓޭޝަން އިންޗާޖު އަލީ މިދުހަތު އައްޔަންކޮށްފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން ސަން މީޑިއާ ގުރޫޕުގައި މަސައްކަތްކޮށްފައިވާ މިދުހަތު ސަން ޓީވީ ހުއްޓާލުމާ ޖެހެންދެން ހުންނެވީ އެ ޓީވީގެ ސްޓޭޝަން އިންޗާޖަކަށެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ ޗެއާމަން މުހައްމަދު ނިޒާރު "ސަން" އަށް ވިދާޅުވީ، ޕީއެސްއެމްގެ ބޯޑަށް މިދުހަތު މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) އާއެކު އެ ބޯޑުގައި ފަސް މެމްބަރުން ހިމެނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވުމަށް އެ ބޯޑުގެ ތިބި މެމްބަރުން ވަކިކުރުމަށް ފަހު މިހާތަނަށް އެ ބޯޑަށް އެމްޑީއާއި ޑީއެމްޑީ އަދި އޭގެ އިތުރުން ޗެއާމްންއައަކާއި މެމްބަރެއް އައްޔަންކޮށްފައެވެ.

މިހާރު ޕީއެސްއެމްގެ އެމްޑީއަކީ، ޓީވީ މޯލްޑިވްސްގެ ކުރީގެ ސީއީއޯ އަލީ ހާލިދުއެވެ. އަދި މީހަރު ޑީއެމްޑީ އަކީ މުހައްމަދު ޝަމީމްއެވެ. އަދި ޗެއާމަން އަކަށް އައްޔަންކޮށްފައި ވަނީ އިބްރާހިމް ހިލްމީ އެވެ.

މިއަދު ޕީއެސްއެންގެ ބޯޑަށް އައްޔަން ކުރެއްވި މެމބްރު މިދުހަތުގެ އިތުރުން ދެން އެ ބޯޑުގެ މެމްބަރުންގެ ތެރޭގައި ހިމެނެނީ، މަޝްހޫރު ޓީވީ ޕްރެސެންޓާ، މަރިޔަމް ވަހީދާ އެވެ.