24 Jan 2019, 14:55
ފަންނުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ނެޝެނަލް ސެންޓާ ފޯ ދި އާޓްސް (އެންސީ)އިން ހުޅުވާލައިފިއެވެ.
އެންސީއިން ބުނީ ރާއްޖޭގައި ފަންނުވެރިކަމުގެ ދާއިރާ ތަރައްގީކޮށް ފަންނުވެރިންނަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމުގެ ގޮތުން ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އެހެންކަމުން އެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަންނާނުން އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް އެންސީިން ބުންޏެވެ.
އެންސީން ބުނީ އެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަންނާނުންނަށް ރަޖިސްޓްރީ ފޯމް ހުށަހެޅޭނެ ކަަމަށެވެ. އަދި އެ ރެޖިސްޓްރޭޝަން ފޯމް އެންސީއޭގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް އެންސީން ބުންޏެވެ.
ރާއްޖޭގައި ފަންނުވެރިންގެ މަސައްކަތްތަކަށް ހިތްވަރުދީ އެ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެންސީ އުފެއްދީ 2005 ވަނަ އަހަރުއެވެ. އެންސީންް މިހާރުވެސް ދަނީ އެ ފަންނުވެރިންނަށް ބޭނުންވާނޭ ފައިސާގެ އެހީގެ އިތުރުން ފަންނުވެރިންގެ ޖަމިއްޔާތަކާއި ވަކިވަކި ފަރުދުންނަށްވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެންސީ) މިހާރު ހިނގަމުން ދަނީ އަލަށް އުފެއްދި ތަރިކައާއި ސަގާފަތާ ބެހޭ ވުޒާރާގެ ދަށުންނެވެ.