މިދިޔަ އޮކްޓޯބަރު އަދި ނޮވެމްބަރު މަހު ބޭއްވި އެޑެކްސެލް އިންޓަނޭޝަނަލް އޭލެވެލް އާއި އެޗްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއޭ) އިން މިއަދު ބުނީ އަންނަ މަހު 12ގެ ނިޔަލަށް ނަތީޖާ ދޫކުރާނެ ކަމަށެވެ.

އަދި ރީޗެކަށް އެދި ހުށަހެޅުން އަންނަ މަހުގެ 13ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ވެސް ޑީޕީއޭ އިން ބުންޏެވެ.

ޑީޕީއިން ބުނީ އަމިއްލަ ކެންޑިޑޭޓުންނަށް ނަތީޖާ ދޫކުރާނީ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުމުން ކަމަށާއި ބަދަލުގައި މީހަކު ފޮނުވާ ނަމަ ކެންޑިޑޭޓުގެ އައިޑީކާޑާއި ހަވާލުވާ ފަރާތުގެ އައިޑީކާޑު ގެންނަންވާނެ ކަމަށެވެ.

ނަތީޖާ ދޫކުރުމަށް ހަމަޖެހިފައި ވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން 13:30 އަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހު ކުރިއަށް ދިޔަ އޭލެވެލް އިމްތިހާނުގައި ވަނީ 3000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފަ އެވެ.