24 Jan 2019, 11:53
ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޕެކޭޖްޑް ކާނާ ވިއްކާ ނެސްލޭ އިން އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކްގައި ކާއެއްޗެހި ބަންދުކުރުން ހުއްޓާލަން ނިންމައިފިއެވެ.
އެގޮތުން ނެސްލޭ އިން ނިންމާފައިވަނީ އަންނަ މަހުން ފެށިގެން ނެސްލޭގެ ޕެކޭޖްޑް ބުއިންތަކުގައި ހިމެނޭ ޕްލާސްޓިކް ހޮޅި އުވާލުމަށެވެ. 2025 ގެ ނިޔަލަށް ޕްލާސްޓިކަށް އެއްކޮށް ނޫނެކޭ ބުނުމަކީ ނެސްލޭގެ އަމާޒެވެ.
ނެސްލޭ އިން މިދިޔަ އަހަރު ނިންމާފައިވަނީ ޕްލާސްޓިކް ފުޓްޕްރިންޓް މަދުކޮށް ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ވިޔަފާރީގެ ކަންތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ. ނެސްލޭ އަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ޕްލާސްޓިކް ފުޅި ބޭނުންކުރުން އެއްކޮށް ހުއްޓާލުމެވެ. ޕްލާސްޓިކް ފުޅި ރީސައިކަލް ކުރުމަށް ނެސްލޭ އިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
We need a holistic vision to guide all our efforts and#beatplasticpollution. Nestlé is focusing on alternative materials, shaping a waste-free future and driving behavioral change. More herehttps://t.co/LlNoPQLm4I#WEF19pic.twitter.com/qg3C9ijk2J
— Nestlé (@Nestle)January 24, 2019