ޒިއޯމީގެ ފޯނުތަކަކީ މިހާރު ވަރުގަދަ މޮޅު ފޯނުތަކެކެވެ. ސްމާޓު ފޯނުގެ ބާޒާރުގައި އެކުންފުނިން ދަނީ ކުރިިއެރުންތައް ހޯދަމުންނެވެ. ޒިއޯމީ އިން ނެރެން އުޅޭ ފޯލްޑަބަލް ނުވަތަ ފަށްޖަހާލެވޭ ފޯނުގެ ޓީޒާ އިންވެސް އެކަން ފެންނާނެއެވެ.

ޒިއޯމީގެ ރައީސް ލިން ބިން އާންމުކޮށްފައިވާ މި ވީޑިއޯ އިން ފެންނަނީ ޑަބަލް ފޯލްޑިން ފޯނެކެވެ. ދޯނުގެ ދެފަރާތްވެސް ފޯލްޑުކޮށްލެވެއެވެ. ހެޔޮވަރު ވަރުގެ ސްމަތު ފޯނަކުން ޓެބްލެޓަކަށް ބަދަލުކޮށްލެވޭނެއެވެ.

މިފަހުން ފޯލްޑަބަލް ފޯނުގެ ޓރެންޑެއް އުފެދިައިވާއިރު މި ފޯނަކީ މީގެ ކުރިން ފެނިފައި ނުވަތަ ވާހަކަ ދެކެވިފައި ހުރި ފޯނުތަކާ އަޅާބަލާއިރު ޓެކްނޮލަޖީގެ ގޮތުން ވަރުގަދަ އުފެއްދުމަކަށްވާނެއެވެ.

ޒިއޯމީގެ ފޯލްޑަބަލް ފޯނު ލީކުވީ މިދިޔަ މަހުއެވެ. ފޯނާ ގުޅޭ މާ ގިނަ މައުލޫމާތެއް އަދި އާންމުވެފައެއް ނުވެއެވެ. ސެމްސަންގާއި ވާވޭ ފަދަ ކުންފުނިތަކުން ފޯލްޑަބަލް ފޯނު އިއުލާނުކޮށްފައިވާއިރު ކުރިއަށް އޮތްތަނުގައި ފޯލްޑަބަލް ފޯނަކީ ޓްރެންޑަކަށް ވާނެއެވެ.