އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު ޝީނާ ބަޖާޖު 26، އާއި އެކްޓަރު ރޯހިތު ޕުރޯހިތު 32، ކައިވެނިކޮށްފިއެވެ.

ދެތަރިންގެ ކައިވެނި މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ ޖައިޕޫރުގައި ބާއްވާފައިވާއިރު ކައިވެނި ހަފްލާ ބޭއްވީ ވަރަށް ކުލަގަދަކޮށެވެ.

ކައިވެނީގެ ހަފްލާއަށް ދެފަރާތުގެ އާއިލާއިން ބައިވިއިރު ދެތަރިންގެ ރަހުމްތަތެރިންނާ އިންޑަސްޓްރީގެ ބައެއް ފަންނާނުންވެސް ވަނީ ކައިވެނި ހަފްލާގައި ބައިވެރިވެފައެވެ.

ދެތަރިން ކައިވެނިކޮށްފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހުއެވެ.

ރޯހިތު ފެނިގެންދިޔަ ބައެއް ޑްރާމާ ތަކުގެ ތެރޭގައި އަރްޖުން، ރަޒިއާ ސުލްތާން އަދި އެންކައުންޓާ ހިމެނެއެވެ. ޝީނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ސްޓާޕްލަސް އިން ދައްކަމުން އައި "މައިޔަމް ހާން ރިޕޯޓިން ލައިވް" އިންނެވެ. އަދި އޭނާ ވަނީ ޑްރާމާ ސިލްސިލާ "ހަމްސޭ ހޭ ލައިފް"އިން ވެސް ފެނިގެން ގޮއްސައެވެ.