ސިނަމާލެ ބްރިޖު އަދި ހައިވޭގައި ހަރުކުރުމަށް 77 ސަރވެއަލަންސް ކެމެރާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ފުލުހުންއިއުލާނުކޮށްފިއެވެ.

ހައިވޭ އަދި ބްރިޖުގައި ގިނަ އަދަދެއްގެ އެކސިޑެންޓް ހިނގައި މީހުންނަށް ދަނީ ގެއްލުން ވަމުންނެވެ.

ފުލުހުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސިނަމާލެ ބުރިޖު އަދި ހައިވޭގައި ހަރުކުރުމަށް ކެމެރާ ސަޕްލައިކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ. އަދި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބިޑް ރެޖިސްޓްރީ ފޯމު ފުރިހަމަ ކުރުމަށް ފަހު[email protected]އަށް ފޮނުވުމަށް ފުލުހުން ވަނީ އެދިފަ އެވެ.

"ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުވަގުތަކީ 2019 ޖަނަވަރީ 27 ވަނަ ދުވަހު ގެ 23:59 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަން." ފުލުހުން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.

ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕްް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމަށް ފުލުހުން ކުރި އިއުލާނުގައި ވަނީ ބުނެފަ އެވެ.

މާޗު 10 އަކުން ފެށިގެން ބްރިޖުގައި ދުއްވޭނީ ހެލްމެޓް އަޅައިގެން ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފަ އެވެ.