22 Jan 2019, 21:46
ޓޫރިޒަމްގެ ބައެއް ގަވައިދުތަކާއި އުސޫލުތަކަށް އިސްލާހު ގެނައުމަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ
މިދިޔަ ބުރާސްފަތި ދުވަހު ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައި ވަނީ އެ މިނިސްޓްރީން ބެއެއް ގައިވާއިދުތަކާއި އުސޫލުތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށާއި އެ ބަދަލުތައް ގެނައުމަށް މިދިޔަ އާދިއްތަ ދުވަހު އާންމުންގެ ހިޔާލަށް ހުޅުވާލާނެ ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އާންމުންގެ ހިޔާލު ހުށަހެޅުމަށް ހަތް ދުވަސް މުއްދަތެއް އެ މިނިސްޓްރީން ވަނީ މީގެ ކުރިން ދީފައެވެ.
ނަމަވެސް މިހާރު އެ މިނިސްޓްރީން ވަނީ ހިޔާލު ހުށަހެޅުމަށް އަންނަ މަހުގެ 20 ވަނަ ދުވަހަށް މުއްދަތު އިތުރުކޮށްފައެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ، އާންމުންގެ ހިޔާލު ހުށަހެޅުމާއެކު، އާންމުންނާއި ޓޫރިޒަމް ސިނާއަތުގެ ހިއްސާ ދާރުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް އެކަމަށް ލިބެމުންދާ ކަމަށާއި އެ ފަރާތްތަކުގެ އެދިވަޑައިގަތުމުގެ މަތިން ހިޔާލު ހުށަހެޅުމުގެ މުއްދަތު އިތުރު ކުރެވިފައިވާ ކަމަށެވެ.
ޓޫރިޒަމާ ގުޅުންހުރި ގަވާއިދުތަކާއި އުސޫލުތައް އިސްލާހުކޮށް، ނުވަތަ ބަދަލެއް ގެންނާނީ އާންމުންނާއި ޓޫރިޒަމް ސިނާއަތުގެ އެންމެހާ ހިއްސާދާރުންގެ ހިޔާލާއި މަޝްވަރާގެ މަތިން ކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އިސްލާހު ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމި ގައިދުތައް:
- - ފަޔާ ރެގުލޭޝަން
- - ސެފްޓީ ރެގުލޭޝަން
- - ވޯޓާ ސްޕޯޓްސް ރެގުލޭޝަން
- - ރިސޯތް ރެގުލޭޝަން
- - ޓްރެވެލް އެޖެންސީ ރެގުލޭޝަން
- - ގެސްޓްހައުސްގެ ގަވައިދު