22 Jan 2019, 18:47
މިންތީގެ ނަޒަރަކުން ވިސްނުމުގެ މުހިންމުކަމާބެހޭ މައުލޫމަތު ޝެޝަނެއް ޖެންޑާ މިނިސްޓްރީން ވަޒީރުންގެ މަޖިލީހަށް އަރުވައިފި އެވެ.
މި ސެޝަންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް މި ސެޝަނުގައި، މިންތީގެ ހަމަހަމަކަމާއި ގުޅުންހުރި މަފްހޫމްތަކާއި، މިކަމަށް އޮންނަ ޤާނޫނީ އޮނިގަނޑާއި، ބައިނަލްއަގްވާމީ މުއާހަދާތައް އަދި އެއްބަސްވުންތަކަށް ވަނީ އަލިއަޅުވާލައިފައިއެވެ.
އޭގެ އިތުރުން މި ޝެޝަންގައި، މިންތީގެ ނަޒަރުން ވިސްނުމުގެ މުހިންމުކަމުގެ މައްޗަށާއި، މިންތީގެ ނަޒަރިއްޔާތުން ނުވިސްނުމުން ނިކުންނަ ނަތީޖާއާއި ބެހޭ މައުލޫމާތު ވެސް ވަނީ ހިއްސާ ކުރައްވާފައެވެ.

ޖެންޑާ މިނިސްޓްރީ އިން މިއަދު ވަޒީރުންނަށް ނެނގި މައުލޫމަތުގެ ޝެޝަންގެ ތެރެއިން -- ފޮޓޯ/ ޖެންޑާ މިނިސްޓްރީ
މި ޝެޝަންގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.