22 Jan 2019, 16:40
ކާޑިފް ސިޓީ އަށް ދާދި ފަހުން ސޮއި ކޮށްފައިވާ އާޖެންޓީނާގެ ފޯވާޑް އެމިލިއާނޯ ސަލާ ދަތުރު ކުރި ޕްރައިވެޓް ޖެޓް ގެއްލިގެން ހޯދަން ފަށައިފިި އެވެ.
ރޭގެ ފުރާންސްގެ ނަން ޓޭސް އިން ކާޑިފް އަށް ދަތުރު ކުރި ޕީއޭ 46 މަލިބޫ އެއާ ކުރާފްޓް ރޭޑާ ސިގްނަލުން ގެއްލުނު ކަމުގެ އެލާޓް ގާންސީގެ ކޯސްޓުގާޑަށް އެންގީ ރޭ 8:23ގަ އެވެ.

އެމިލިއާނޯ ސަލާ ކާޑިފް ސިޓީއަށް ސޮއެކުރި ހަފްލާގެ ތެރިން -- ފޮޓޯ / ބީބީސީ
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޖެޓުން ދަތުރު ކުރި ދެމީހުންގެ ތެރެއިން އެކަކަކީ ދާދި ފަހުން ކާޑިފް އަށް ރެކޯޑް އަގަކަށް ބަދަލުވި ކުޅުންތެރިޔާ އެމިލިއާނޯ ސަލާ އެވެ.
އެ ޖެޓު ނަންޓޭސް އިން ފުރާފައި ވަނީ ރޭ 15 :07 ހާއިރު އެވެ. އަދި ބޯޓު ދަތުރުކުރަމުންދިޔައީ 5000 ފޫޓު މަތިން ކަމުގައި ވިޔަސް ސިގްނަލް ގެއްލުނު އިރު ބޯޓު ވަނީ 2300 ފޫޓަށް ތިރިވެފައި ކަމަށް މި މައްސަލަ ބަލަމުންދާ ގާންސީގެ ކޯސްޓު ގާޑުން ވަނީ ބުނެފަ އެވެ.
އެ ވަގުތުން ވަގުތަށް ބޯޓު ހޯދުމުގެ މަސައްކަތް ވަނީ ގާންސީގެ ފުލުހުންގެ އިތުރުން ލޯކަލް އޮތޯރިޓީސް ގުޅިގެން ވަނީ ފަށައިފަ އެވެ. ނަމަވެސް އެސަރަހައްދުގެ މޫސުން ގޯސްވެ ބޯޓު ހޯދުމަށް ވަނީ ހުރަސްތަކެއް ދިމާ ވެފަ އެވެ.
މިހާތަނަށް ބޯޓާ ބެހޭ އެއްވެސް ހަބަރެއް ވެސް އަދި އޭގެ ބައެއް ވެސް ފެނިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
Searching for the light aircraft PA 46 Malibu resumed at 8am this morning.
No trace has currently been found
It was en route from Nantes, France to Cardiff, Wales with 2 people
More info when available— Guernsey Police (@GuernseyPolice)January 22, 2019