22 Jan 2019, 10:01
ސައުތު އޭޝިއަން ހޯޕްސް ވީކުގައި ބައިވެރި ވުމަށް 12 އަހަރުން ދަށުގެ ރާއްޖޭގެ ޓޭބަލް ޓެނިސް ކުޅުންތެރިން އިންޑިއާއަށް ރޭ ފުރައިފި އެވެ.
މި އިވެންޓަކީ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން އިން މެންބަރު ގައުމުތަކަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މުބާރާތެކެވެ. އެގޮތުން މިފަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ހަރްޔާނާ ސްޓޭޓުގެ ސޮނެޕަތުގަ އެވެ.

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ރަފާ ވާދަކުރަނީ: އެ މުބާރާތުގައި ރާއްޖޭން ވަނީ ތިން ލޯ މެޑަލް ހޯދާފައި ---
ބާރަ އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ މި އިވެންޓަކީ ފަސް ދުވަހުގެ ތަމްރީން ޕުރޮގުރާމެއްގެ އިތުރުން އެއް ދުވަހުގެ ޗެލެންޖެއް ވެސް ހިމެނޭ މުނާސަބަތެކެވެ.
މިފަހަރުގެ މި އިވެންޓުގައި ބައިވެރިވާން ރާއްޖެއިން ދިޔަ ކުޅުންތެރިންނަކީ، ފާތިމަތު ދީމާ އަލީ، މަލާކް ބިންތު މުއިއްޒު، އުމަރު މުހައްމަދު މުއިއްޒު އަދި ޒީކް ހަސަން ލަތީފެވެ. އޭގެ އިތުރުން ޓީމުގެ ކޯޗެއްގެ ގޮތުގައި ކުޅުންތެރިންނާ އެކު ދިޔައީ ކުރީގެ ޓޭބަލް ޓެނިސް ޗެމްޕިއަން އަދި މިހާރުގެ ޓީޓީ އެސޯސިއޭޝަންގެ އެކްސްކޯގެ މެންބަރު އިބްރާހިމް ޝިރުއީ އެވެ.
އެ ޓީމު އަނބުރާ ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.
ޓޭބަލް ޓެނިސް އަކީ ފަހަކަށް އައިސް ރާއްޖޭގައި ވަރަށް ބޮޑު އިސްކަމެއްދީގެން ކުޅެވެމުންދާ ކުޅިވަރެކެވެ. އެގޮތުން ރާއްޖޭގައި ވޯލްޑްސް ޓޭބަލް ޓެނިސް ޑޭ ކޮންމެ ފަހަރަކު ވެސް ދަނީ ކުލަަގަދަ ގޮތެއްގައި ފާހަގަ ކުރަމުންނެވެ. އަދި އެއާ އެކު ގިނަ މުބާރާތްތަކެއް ވެސް ބޭއްވި ހާއްސަ ގޮތެއްގައި ކުޑަކުދިންނަށް އަމާޒު ކޮށްގެން ތަމްރީން ދިނުމުގެ ގިނަ ހަރަކާތް ތަކެއް ދަނީ ބޭއްވެމުންނެވެ.