22 Jan 2019, 08:54
"ކޮމިއުނިޓީ އެކްޝަންސް" ގެ ނަމުގައި ފޭސްބުކް އިން ޕެޓިޝަން ތައްޔާރު ކުރެވޭ ފީޗާއެއް ތައާރަފު ކުރަން ނިންމައިފިއެވެ.
ފޭސްބުކް އިން ބުނީ މުޖުތަމައުގެ ސަމާލުކަމަށް ގެނެސް އިސްލާހު ކުރަންޖެހޭ ކަންތަކާ ގުޅޭގޮތުން ހިޔާލު ފާޅުކޮށް ކަމާބެހޭ ފަރާތްތަކަށް ޕެޓިޝަން ހުށަހެޅުމަށް މިއީ މުހިއްމު ފީޗާ އަކަށް ވާނެ ކަމަށެވެ.
މާދަމާއިން ފެށިގެން އެމެރިކާގައި ފޭސްބުކް ބޭނުން ކުރާ މީހުންނަށް މި ފީޗާ ބޭނުންކުރަން ފެށޭނެއެވެ. އެހެން ގައުމުތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި މި ފީޗާ ތައާރަފު ކުރަން ވަނީ ނިންމައިފައެވެ.
މި ފީޗާ ބޭނުންކުރާއި ކަމާބެހޭ މުވައްސަސާތައް ޓެގުކޮށް، ޕެޓިޝަނަށް ސޮއި ހޯދުމަށް ފޭސްބުކް އެކުވެރިންގެ ކިބައިން އެދެވޭނެއެވެ.
ފޭސްބުކް އަކީ މިހާރުވެސް ގިނަ ކަންތައްތަކާމެދު ހިޔާލު ފާޅުކޮށް މަޝްވަރާ ކުރާ ޕްލެޓްފޯމެކެވެ. ސިޔާސީ ކެމްޕެއިނުތަކަށް ހާއްސަ ފީޗާއެއް ވެސް ފޭސްބުކް އިން ވަނީ ތައާރަފުކޮށްފައެވެ.