21 Jan 2019, 21:43
ކުޑަކުއްޖަކު ލައްވައި ސިނަމާލެ ބްރިޖު ހައިވޭގައި ސައިކަލު ދުއްވި މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ކުޑަ ކުއްޖަކު ލައްވައި ސައިކަލު ދުއްވާ ވީޑިއޯ އެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ބްރިޖު ހައިވޭގައި ސައިކަލު ދުއްވަން ކުޑަ ކުއްޖަކު އަތައް ދީގެން ފަހަތުގައި ބޮޑު މީހަކު އިންނަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ދާދި ފަހުން އާންމުވިއެވެ. އެ ވީޑިއޯ އަށް ގިނަ ބަޔަކު ވަނީ ފާޑުވެސް ކިޔައިފައެވެ.
ބަލަންވާވަރަށް ނުބަލައި ދުއްވުމުގެ ސަބަބުންނާއި ބާރު ސްޕީދުގައި ދުއްވުމުގެ ސަބަބުން ސިނަމާލެ ބްރިޖުގައި ގިނަ އެކްސިޑެންޓުތައް ހިނގައެވެ.