ރާއްޖެއަށް ތެޔޮ އެތެރެކުރާ ބޯޓެއް ގުޅީފަޅަށް އުރިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ "ޓްރާންސް ފިއުލް" ނަކަމަށް ކިޔާ ބޯޓު އަރާފައި ވަނީ ގުޅީފަޅުގެ އުތުރު ފަރާތުގެ ނެރުބައްތި ކައިރިއަށް ކަމަށެވެ.

އެ ހާދިސާ ހިނގި ސަރަހައްދުގައި މެރިން ޕޮލިހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެ ހާދިސާގައި އެ ބޯޓަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެއެވެ.