20 Jan 2019, 18:49
ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް، އޭނާގެ މަލީ ބަޔާން އާންމުކުރައްވައިފިއެވެ.
އެ މާލީ ބަޔާނުގައި ވާގޮތުން އޭނާއަށް މުސާރައާއި އެލަވަންސްތަކާ އެކު މިދިޔަ އަހަރު އޭނާއަށް 571800 ރުފިޔާ ލިބިވަޑައިގެންނެވިއެވެ. އަދި ދިރިއުޅުއްވަމުން ގެންދަވާ ގޭގެ ކުއްޔަށް 400000 ރުފިޔާ ވަނީ ހޭދަކުރައްވައިފައެވެ.
ގާޒީގެ މިލްކިއްޔާތުގައި ހުރި މުދަލަށް ބަލާލާއިރު އޭނާގެ އަތުގައި 78000 ރުފިޔާގެ ސައިކަލަކާއި 390000 ރުފިޔާގެ ލޯންޗެއް އޮވެއެވެ. އަދި އެމްޓީސީސީގެ 10 ހިއްސާއާއި ދިރާގުގެ 100 ހިއްސާގެ އިތުރުން އުރީދޫގެ 300 ހިއްސާ ހަލީމްގެ ނަންމަތީގައި އޮވެއެވެ.
އަދި ދަރަނީގެ ގޮތުގައި އިސްލާމިކް ބޭންކުން ނަގައިފައިވާ 98065.76 ރުފިޔާއާއި އަދި ބޭންކް އޮފް މޯލްޑިވްސް އިން ނަންގަވައިފައިވާ 92972.17 ގެ ދަރަންޏެއްވެސް ހަލީމްގެ ނަން މަތީގައި އޮވެއެވެ.
ކޮރަޕްޝަން ހުއްޓުވައި، ދިވެހި މުޖުތަމައުން އޭގެ ނޭދެވޭ އަސަރު ނައްތާލުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ކަމަށްބުނެ ސަރުކާރުގެ އިސް ވެރިންގެ މާލީ ބަޔާންތައް ރައީސް އޮފީހުގެ ވެބްސައިޓްގައި މިދިޔަ ހަފްތާގައި ވަނީ އާންމުކޮށްފައެވެ. އެހެން ނަމަވެސް ގާޒީ ހަލީމް ފިޔަވައި އެހެން އެއްވެސް ގާޒީއެއްގެ މާލީ ބަޔާން މިހާތަނަށް އާންމުކޮށްފައެެއް ނުވެއެވެ.