ސަރުކާރު ބަދަލުވުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް އުފެއްދެވި ޓްރާންސިޝަނަލް އޮފީހުގެ ފަރާތުން އެކުލަވައިލައްވާފައިވާ ޓްރާންސިޝަނަލް ރިޕޯޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.

މި ރިފޯޓް ރައީސް ސޯލިހަށް އެރުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައ ޓްރާންސިޝަން އޮފީހުގެ ޑިރެކްޓާ ޖެނެރަލް ހ.ސީވީޑް، އަޙްމަދު ލަތީފެވެ.

ޓްރާންސިޝަނަލް ރިޕޯޓް ތައްޔާރުކޮށްފައިވަނީ‏ ޓްރާންސިޝަނަލް އޮފީހުން އެކުލަވާލެއްވި ކޮމިޓީތަކުން ސަރުކާރުގެ ވުޒާރާތަކާއި އެކިއެކި އިދާރާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުން ހޯއްދަވައިފައިވާ މަޢުލޫމާތު ތަކުގެ މައްޗަށް ބިނާކުރައްވައިގެންނެވެ.