އާޓިފިޝަލް ބީޗުގައި ފޮރުވާފައި ހުރި ތޫނު ހަތިޔާރުތަކެއް ފުލުހުން އަތުލައިގެންފިއެވެ.

މިއަދު ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ފޮރުވާފައި ހުރި ކަމަށް ބެލެވޭ ހަތިޔާރު ފެނިފައި ވަނީ އާޓިފިޝަލް ބީޗުގައި ކުރިން ޑައިންމޯ ހުރި ސަރަހައްދުގައެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް އޮފިޝަލު ވިދާޅުވެއެވެ.

ފުލުހުން ހިއްސާ ކުރި ފޮޓޯއިން ފެންނަ ގޮތުގައި ފުލުހުންނަށް ފެނިފައި ވަނީ އެއް ކަޓަރާއި، ތިން ވަޅިއާއި ކަތިވަޅިއެކެވެ.

ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ގޮތުން ތަޅާލާފައި އޮތް އާޓިފިޝަލް ބީޗު މިހާރު ބޭނުން ކުރަނީ ކާރާއި ސައިކަލު ޕާކު ކުރާ ތަނެއްގެ ގޮތުގަ އެވެ. އެތަން ތަރައްގީ ކުރުމުގެ މަޝްރޫއު އޮތީ ކުރިއަށް ނުގޮހެވެ.