އދ. ފެންފުށީގައި ބިދޭސީން އުޅޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެ އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 5:10 ހާއިރު ކަމަށާއި އަލިފާނުގެ ހާދިސާ ހިނގިތާ މާގިނަ އިރެއް ނުވެ ފުލުހުންނާއި އެ ގޭގައި އުޅޭ ބިދޭސީންގެ އެހީީތެރިކަމާއެކު އަލިފާންގަނޑު ނިއްވާލައިފައިވާ ކަަމަށެވެ.

މި ހާދިސާގައި އެ ގޭގެ ބަދިގޭގެ ބައެއް ސާމުނަތަކަށް ވަނީ ގެއްލުން ލިބިފައެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ.

މިއަދު ފެންފުށީ ގެޔެއްގައި އަލިފާނުގެ ހާދިސާއެއް ހިނގި އިރު އިއްޔެ ބ އަތޮޅު ދަރަވަންދޫ އެއާޕޯޓު ވަލުތެރޭ ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފަ އެވެ.