05 Jun 2010, 14:57
19:00
ނ.އިރުފުށި ރިސޯޓް ފަޅު ސާފުކުރަން ހިންގި ޕްރޮގްރާމްގައި އުޅުނު މީހަކު ގެނބިގެން މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އެ އަތޮޅު ހޮޅުދޫއަށް ނިސްބަތްވާ އުމުރުން 56 އަހަރުގެ މުހައްމަދު ސައީދު ގެނބިގެން މަރުވެފައިވަނީ މިއަދު މެންދުރު 2:45 ހާއިރު ކަމަށެވެ. އޭނާ މޫދަށް އެރިއުޅުނީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން އިތުރު ބަޔަކާއެކު އެ ރިސޯޓްގެ ފަޅު ސާފުކުރުމަށް ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މިހާރު އޭނާގެ ހަޑިގަނޑު ހޮޅުދޫއަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.